اللهم انصرالإسلام والمسلمين
އޭ ﷲ ! އިސްލާމުންނާއި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ!
اللهم انصرمن نصر دينك ونبيك وكتابك
އިބަރަސްކަލާނގެ ދީނާއި، އިބަރަސްކަލާނގެ ފޮނުއްވި ނަބިއްޔާއާއި އިބަރަސްކަލާނގެ ފޮތަށް ނަޞްރުދޭމީހަކަށް ނަޞްރުދެއްވާނދޭވެ!
اللهم ول علينا خيارنا ولا تول علينا شرارنا
އޭ ﷲ ! އަޅަމެންގެ ތެރެއިންވާ ހެޔޮމީހުން އަޅަމެންގެ މައްޗަށް ވެރިކުރައްވާނދޭވެ! އަދި އަޅަމެންގެ ތެރެއިންވާ ނުބައިމީހުން އަޅަމެންގެ މައްޗަށް ވެރިނުކުރައްވާނދޭވެ!
اللهم لاتسلط علينا بذنوبنا من لا يخافك فينا ولا يرحمنا
އޭ ﷲ ! އަޅަމެންނަށް އޯގާވެރިނުވާ، އަޅަމެންނާއި މެދު މުޢާމަލާތް ކުރުމުގައި އިބަރަސްކަލާނގެއަށް ބިރުވެތިނުވާ މީހަކު އަޅަމެންގެ މައްޗަށް އަޅަމެންގެ ފާފައިގެ ސަބަބުން ފާ ނުކުރައްވާންދޭވެ!
اللهم رحمتك نرجو فلاتكلنا الي انفسنا طرفة عين
އަޅަމެން އަދެނީ އިބަރަސްކަލާނގެ ރަޙްމަތަށެވެ. އެސްފިޔަޖަހާލާ ހިނދުކޮޅަކަށްވެސް ފަހެ އަހަރެމެންގެ ނަފްސުތަކާ އަހަރެމެން ޙަވާލު ނުކުރައްވާނދޭވެ!
حسبناالله
ﷲ އަހަރުމެންނަށް ފުދެއެވެ.