قَالَ الله تَعَالَى }وَكَذَلِكَ جَعَلْنَاكُمْ أُمَّة ً وَسَطاً لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلاَّ لِنَعْلَمَ مَنْ يَتَّبِعُ الرَّسُولَ مِمَّنْ يَنقَلِبُ عَلَى عَقِبَيْهِ وَإِنْ كَانَتْ لَكَبِيرَة ً إِلاَّ عَلَى الَّذِينَ هَدَى اللَّهُ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ]{143[
ޖުމްލަވީމާނަ: (އޭمُحَمَّد ގެފާނުންގެ أُمَّةގެ مُؤْمِنُންނޭވެ.) مُحَمَّدُ‘ ގެދީނަށް ތިމަންރަސްކަލާނގެ ކަލޭމެނަށް ތެދުމަގުދައްކަވައި އަދި إبْرَاهِيْم عَلَيْهِ السَّلاَم ގެمِلَّة އަށް تَوْفِيْق ދެއްވުމުން ތިމަންރަސްކަލާނގެ ކަލޭމެން މާތް ކުރައްވައި އަދިއެހެނިހެން ދީންތަކުގެ މީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ކަލޭމެން މާތް ކުރައްވައި إخْتِيَار ކުރެއްވި ފަދައިން) عَدْلވެރި أُمَّة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވީމެވެ. ކަލޭމެން عَدْلވެރި أُمَّة އެއްކަމުގައި ލެއްވި ސަބަބަކީ (قِيَامَة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިދޭނޭ ބަޔަކުކަމުގައި ކަލޭމެން ވުމައްޓަކައެވެ. އަދި ކަލޭމެންގެ މައްޗަށް ހެކިދެއްވާނޭ ބޭކަލަކު ކަމުގައި رَسُوْل އާވުމައްޓަކައެވެ. (އޭ رَسُوْل الله އެވެ.) އަދި ކަލޭގެފާނު އެ قِبْلَة އެއްގެމަތީގައި ތިޔަވާ قِبْلَة ތިމަންރަސްކަލާނގެ ލެއްވީ رَسُوْلއާ އަށް تَبَعَ ވާމީހުންގެތެރެއިން رَسُوْلއާއަށް تَبَعَ ނުވާމީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. އެބަހީ ރަސޫލާއަށް ތަބަޢަވާމީހުންނާއި، ތަބަޢަނުވާމީހުން ތިމަންރަސްކަލާންގެ ދެނެވޮޑިގެންވާކަން އެންގެވުމަށް ޓަކައެވެ. އަދި އެބަޔަކަށް ﷲ ތެދުމަގު ދެއްކެވި ބައެއްގެ މައްޗަށް މެނުވީ އެކަމަކީ ( އެބަހީ قِبْلَة ބަދަލުކުރެއްވި މައްސަލައަކީ) ބޮޑުވެގެންވާ ކަމެކެވެ. އަދިﷲتَعَالىއީ ކަލޭމެންގެ އީމާންކަން- އެބަހީ އަނެއް قِبْلَة ކުރިއަޅުކަން - ގެއްލެނި ކުރައްވާނޭ ކަލަކުނޫނެވެ. ހަމަކަށަވަރުން ﷲتَعَالىއީ އަޅުތަކުންނަށް ނުހަނުއޯގާވަންތަ އަދިرَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. މިއެވެ. މިއީ އާޔަތުގެ ތަރުޖަމާއެވެ.
* ދަންނައެވެ. މިއާޔަތުގެ تَفْسِيْرُ ގައި ހިސާބަކަށް تَفْصِيْل ވެއެވެ.
ފުރަތަމައީ أُمَّة ً وَسَطاً މިދެކަލިމައާއި ބެހޭވަހަކައެވެ. أُمَّة އެއީعَامُّ ކޮށް އެންމެންވެސް ދަންނައެއްޗެކެވެ. މިއާޔަތުގައި އޭގެމާނައަކީ މީސްތަކުން ކުރެބައިގަޑެކެވެ. جَمَاعَة އެކެވެ. وَسَطاً މިކަލިމަގެ މާނައަކީ عَدْلވެރި އެވެ.އެއީ رَسُوْل الله ‘ ގެތަރްޖަމާއެވެ.
* ފަހެ أبُوْ جَعْفَرُ الطَّبَرِى އެކަލޭގެފާނުންގެ ތަފްސީރު جَامِعُ الْبَيَانُ ގައި رَسُوْل الله ‘ ގެއަރިހުން ގާތްގަޑަކަށް ބާރަވަރަކަށް ރިވާޔަތް ގެންނަވާފައި ވެއެވެ. އެހުރިހާ ރިވާޔަތެއްގައިވަނީ وَسَطގެމާނައަކަށް عَدْلގެ މާނައެވެ. أُمَّة ً وَسَطاً ކިއުމެކޭ أُمَّةً عَدْلاً ކިއުމެކޭ އެއްމާނައެވެ. އެބަހީ أُمَّة ً وَسَطاً ގެމަނައަކީ عَدْل ވެރި أُمَّة އެވެ. عَدْل ވެރިކަމުގެ މާނަފިޔަވައި ދެން އެތަފްސީރުގައިވާ އަނެއްމާނައަކީ الْخِيَارُ އެވެ. އޭރުން މާނަކިޔޭނީخِيَارُ ކުރެވިގެންވާ أُمَّة އެވެ. މިހެންނެވެ. މިދެމާނައެއްކޮށްލީމާ މާނަކިޔޭނީ أُمَّة ً وَسَطاً އެބަހީخِيَارُ ކުރެވިގެންވާ عَدْل ވެރި أُمَّة އެވެ. މިއެވެ. މެދުމިން أُمَّة އެކޭނޫނެވެ.
* تَفْسِيْرُ قُرْطُبِىގައި ވިދާޅުވެފައި ވަނީވެސް الوَسَطُ =العَدْلއެވެ.އެބަހީ أُمَّةً وَسَطاً= أُمَّة عَدْلاً އެވެ. عَدْل ވެރި أُمَّة އެވެ. މިއެވެ. މެދުމިން أُمَّةގެ މާނައެއް ނޫނެވެ. رَسُوْل الله ‘ގެ އަރިހުން أبُوسَعِيْد الخُدْرِىގެއަރިހުން تِرمِذِىމި މާނާގައިވާحَدِيْث ރިވާކުރައްވާފައި ވިދާޅުވީ حَدِيْثٌ حَسَنٌ صَحِيْحٌ އެވެ. އެބަހީ حَدِيْث އަކީ ހަމަ صَحَّ حَدِيْث އެކެވެ. މިއެވެ.
އަދިވެސް އެތަފްސީރުގައިވާ އެއްވާހަކަ ދަންނަވައިލާނަމެވެ. އެއީވެސްوَسَطގެ މާނަ އަލިކޮށްދެއްވުމަށެވެ. سُوْرَةُ النُّون ގައި ވަޙީ ކުރައްވާފައި ވެއެވެ. قَالَ أوْسَطُهُم = أى أعْدَلُهُمْ وَخَيرُهُمْ އެބަހީ أوْسَطُهُمގެ މާނައަކީ އެމީހުންކުރެ އެއްމެ عَدْل ވެރި އަދި އެއްމެ خِيَارُ ކުރެވިގެންވާ މީހާއެވެ. މިއެވެ.
އަދި މިތަފްސީރުގައި ވަރައް މުހިއްނުގުތާއެއް ފާހަގަކުރައްވައެވެ. ވިދާޅުވަނީ وَسَط ގައި މެދުމިނުގެމާނަ މިއާޔަތުގައި ނުކިޔޭނެ ކަމަށެވެ. މިސާލަކަށް صَلَّيْتُ وَسْط الْقَوْمِ އެބަހީ މީސްތަކުންގެ މެދުގައި އަހުރެންނަމާދު ކުރީމެވެ. މިއެވެ. މިގޮތަށް އެއްޗެއްގެ ނުވަތަ ތަނެއްގެ ނުވަތަ ކަމެއްގެ މެދުގެ މާނަ ކިޔަންޏާ سގައި ޖެހޭނީ ސުކުނެވެ. وَسْطވާގޮތަށެވެ. الجَوْهَرِىއޭ ކިޔާބަހުގެ عَالِم އަކަށް حَوَالة ދެއްވައި ވިދާޅުވަނީ بَيْنَ (ދެމެދު) މިކަލިމަލައިގެން މާނަހަމަޖެހޭ ކޮންމެ ތަނެއްގައި ކިޔާނީ وَسطމިކަލިމައިގާ ސުކުންޖަހައިގެން وَسْطވާގޮތަށެވެ. އަދި بَيْنَ (ދެމެދު)މި ކަލިމަލައިގެ މާނަ ހަމަނުޖެހޭ ކޮންމެ ތަނެއްގައިކިޔޭނީ وَسَطގެސީނުގައި އަބަފިލިޖަހައިގެންނެވެ. މިއެވެ. = تَفْسِيْرُ قُرْطُبِى=
މިގޮތުން ބެލީމާވެސް މިއާޔަތުގައި މިވާ وَسَطގެ މާނައިގާ عَدْلގެމާނަ ކިއުންމާއައުލާއެވެ. އެއީ وَسَطގެ ސީނުގައި އަބަފިލި އިނީމައެވެ. وَالله أعْلَم.
*تَفْسِيْر ابْن كَثِيْر ގައިވެސް މިއާޔަތުގައި މިވާ وَسَطގެ މާނަ ދީފައިވަނީ خِيَارُ ގެމާނައެވެ. ނުވަތަ عَدْلގެމާނައެވެ.ވީމާ أُمَّةًوَسَطاً ގެމާނައަކީ ހަމަ خِيَارُ ކުރެވިގެންވާ عَدْل ވެރި أُمَّة އެވެ. މިއެވެ.މެދުމިން أُمَّةއެއްނޫނެވެ.
*ދެން އަޅުގަޑު ބަލައިލީ مُحَمدُ عَلِى الشَّوءكَانِىގެ فَتْح القَدِيْرގެ مَخْتَصَر ކަމުގައިވާ زَبْدَةُ التَّفْسِيْر ގައިވާމާނައެވެ. އެފޮތުގައިވެސްވަނީ الوَسَطُ= الْخِيَارُ أَوِ العَدْل މިހެންނެވެ. އެބަހީ الوَسَطُ ގެމާނައަކީ خِيَارُ ގެމާނައެވެ. ނުވަތަ عَدْلގެމާނައެވެ. މިއެވެ. ވީމާ އާޔަތުގައިވާ أُمَّةً وَسَطاً ގެމާނައަކީ ހަމަ خِيَارُ ކުރެވިގެންވާ عَدْل ވެރި أُمَّة އެވެ. މިއެވެ. އެހެން ގޮތެއްނޫނެވެ. މެދުމިން أُمَّةއެއްނޫނެވެ.
މިހަތަރުފޮތަކީ تَفْسِيْر عِلْم ގައި އަރާތިއްބެވި އެއްމެމަތީ އެދުރުން ކަމުގައިގުނައިލެވޭ ހަތަރުބޭކަލުންގެ ހަތަރުފޮތެވެ. ވީމާ ދެންމިވަރުން ފުއްދައިލީއެވެ. މިހަތަރު ފޮތުގައި މިވަނީ އެއްމާނައެކެވެ. ހަމަ خِيَارُ ކުރެވިގެންވާ عَدْل ވެރި أُمَّة އެވެ. މިއެވެ. އެހެން ގޮތެއްނޫނެވެ. މެދުމިން أُمَّةގެ މާނައެއްނޫނެވެ.ވީމާ މިއާޔަތުގައި ތިޔަވިދާޅުވާ މެދުމިނުގެ أُمَّةގެ މާނަކިޔޭނެ ގޮތެއްނެތެވެ.އަދި މެދުމިނުގެ أُمَّةގެ މާނަކިޔައިގެން ދިވެހިންނަށް އެއާޔަތުން އެދެއްވާ މުރާދު ވިސްނައިނުގަނެވެއެވެ. މިހެނީ މެދުމިނުގެ أُمَّةއޭ ބުނީމާ ވިސްނޭގޮތާއި عَدْل ވެރި أُمَّة އޭބުނީމާ ވިސްނޭގޮތާއި ވަރަށްތަފާތެވެ. މިހެންމިދެންނެވީ މެދުމިނުގެ أُمَّةއޭ ބުނީމާ ވަރަށްގިނަ ދިވެހިންނަށް ވިސްނުނީ އިސްލާމް ދީނުގައި رَسُوْل الله ‘ އަންގަވާ އަމުރުކުރައްވާފައިވާ تَكْلِيْفُތައް މެދުމިނަކަށް ކުރުންއެއީ އެއްމެރަގަނޅު ގޮތްކަމުގައެވެ. ނަމާދުވެސް ހަމަކޮންމެހެން ބަރާބަރަށް ނުކުރިނަމަވެސް އަދި ބައެއްވަރު ކޮއްލެވުނީމާ އެއީ އެއްމެ ރަގަޅު ވަރުކަމުގައެވެ. މިހެނީ ދީނަކީ މެދުމިނުގެ ދީންވިއްޔާއެވެ. ދެންއަދި އެހެނިހެން އަޅުކަމާއި تَقْوَى ވެރިވުންވެސް އެފަދައިން އެއްމެމަތީ މީހާއާއި އެއްމެ ދަށްމީހާއާއި ދެމެދުގެ ވަރަކަށް تَقْوَىވެރި ވެވުނީމާ އެއީ އެއްމެ މޮޅު ގޮތް ކަމުގައެވެ. މިހެނީ ދީނަކީ މެދުމިނުގެ ދީންވިއްޔާއެވެ.
* ބޭކަލުންނޭ މިއީ ވިޔާނުދާ ވިސްނުމެކެވެ. އަދި އެއީ މިއާޔަތުންދޭ މުރާދެއްވެސް ނޫނެވެ. މިހެނީ ﷲ މިއަންގަވަނީ ﷲގެ حَضْرَةُގައި ކަލޭމެންކުރެ އެއްމެމާތްމީހަކީ ކަލޭމެންކުރެ އެއްމެ تَقْوَى ވެރި މީހެކެވެ. މިހެންނޫންތޯއެވެ؟ މިއީއެއްމެ މަތިންއައިސްފައިވާ إِعْلاَن އެވެ. ވީމާ އާޔަތުން ތިޔަވިދާޅުވާ މެދުމިނުގެ މާނަ ލުއްސައިގެން ދިޔައީނޫންތޯއެވެ؟ މިހެނީ ﷲގެ حَضْرَة ގައި ކަލޭމެންކުރެ އެއްމެމާތް މީހަކީ ކަލޭމެންކުރެ تَقْوَىގެ ގޮތުން މެދުމިނަކަށް ހުރިމީހާއޭ އެންގެވިނަމަ އަޅުގަނޑުވެސް ތިޔަމާނަޔާ ގަޔާވީހެވެ. ނަމަވެސް އެހެންވާކަށްނެތެވެ. އެއްމެ މާތް މީހަކީ އެއްމެ تَقْوَىވެރި މީހާއޭ وَحِى ކުރެއްވީމާ ދެން މެދުމިނޭ ތިޔަވިދާޅުވާ ތަނުގެ ވާހަކައިގެ މާނައެއްނެތެވެ. އަދި އެއީ ތިޔަވިދާޅުވާ މެދުމިނުގެ މާނަނޫންކަން ކަށަވަރެވެ.
ޝައްކެއްވެސް ނެއްގޮތުގައި ދީނުގެ تَكُلِيْف ތައް މެދުމިނަކައް ކޮށްގެން ނުވާނެއެވެ. އެކަންކަން ކުރަން ވާނީ އަންގަވާފައިވާވަރަށް ފުރިހަމަކޮން ނެވެ. އުނިއިތުރު ނުކޮށެވެ.
ނަމަވެސް تَكُلِيْف ތައް ފިޔަވައި ދެންހުރި سُنَّة ތަކުގައި ހުރީ އެމީހަކަށް ކުޅަދާނަވާވަރަކަށް އެމީހަކު ކުރިޔަސް ކަމުދާގޮތަށެވެ. އެބާވަތުގެ سُنَّة ތަކުގައި އެކިމީހުންނަށް އެކިވަރަށް ކުރެވިދާނެއެވެ. އެއީ މީހާގެ ހީވާގިކަން ހުރިވަރަކަށެވެ.
އެއީ ހައްދު ފަހަނައަޅާ ދިއުމެއް ނޫން...
ފަހެ رَسُوْل الله ‘ މި أُمَّة އައް ދައްކަވައި އަންގަވައިފައިވާ ދާއިރާގެ ތެރޭގައި ހުރެގެން އެންމެ މަތީވަރަށް މިބާވަތުގެ އަޅުކަން ކޮށް ﷲ އައް إِخْلاَص ތެރި ކަމާއެކު ކުއްތަންވުމަށް މަސައްކަތް ކުރާ މީހާއީ ހައްދު ފަހައަޅައިފައިވާ މީހެއް ނޫނެވެ. ނަމަވެސް ތިމާގައި އެހާ ހީވާގިކަން ނެތިފައި އެވަރައް އަޅުކަން ނުކުރެވޭތީ ތިމާއައްވުރެ އެރޮނގުން ކުރީގައިވާ މީހާއީ ހައްދު ފަހަނައަޅައިފައިވާ ހަރުކަށި މީހެއްކަމުގައި ބަލައިގެން ނުވާނެއެވެ. މިސާލަކައް މީހަކު ރޭއަޅުކަން ކޮށް ދުވާލު سُنَّة ރޯދަ ހިފާއިރު ތިމާގައި އެހާ ހިތްވަރު ނެތީމާ އެކަން ބަރާބަރަށް ކުރާމީހާއީ ހައްދު ފަހަނައަޅައިފައިވާ މީހެކޭ ނުކިޔޭނެއެވެ. ހަމައެފަދައިން ތިމާގެ އަންހެނުން ބަރަހަނާކޮށް ތިމާގެތުބުޅި ކަހާއޮމާކޮށް ސައްބަކަށް ހަދައިފާ ވުމާއިއެކު އެކަންކަން ދީނުގައި ކަނޑައެޅިފައިވާ މަގުން ހިންގާމީހާއީ ހައްދުފަހަނަޅާފައިވާ ހަރުކަށި މީހެކޭކިޔާކަށް ނުވާނެއެވެ. އޭރުންއެ އިންކާރު ކުރެވެނީ މާތް ﷲއަށާއި އެކަލާނގެ رَسُوْل އަށެވެ. މިހެނީ އެކަންކަން އެގޮތަށްކުރަން އަމުރުކުރެއްވީ އެދެފަރާތުންނެވެ. އެއަމުރުތަކާއި ނަހީތައް ސާފުކޮށް އޭގެފޮތްތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އެކަންކަމަށް މަލާމާތްކޮށް އެކަންކަން ކުރާމީހުންނަށް އަދަބު ދިނުމަށްވުރެ އެކަންކަން ކުރާމީހުންނަށް ތާރީފުކޮށް ހެދުން މާއައުލާވެގެން ވޭނޫންތޯއެވެ. މިފަދަ ކޮންމެ ކަމެއްގައިވެސް ބަލަންޖެހޭނީ މާތް رَسُوْل ދެއްކެވި އިމުގެތެރޭގައި އެމީހަކު ހުރިތޯއެވެ. އެއިމުގެތެރޭގައި މީހާ ހުރިނަމަ އެމީހަކީ ހައްދުފަހަނަޅާފައިވާ ހަރުކަށި މީހެއްނޫނެވެ. ހަމަ ކޮންމެހެން ތިމާއަށް އެހުރެވުނުގޮތް އެއީ އެންމެމޮޅުގޮތް ކަމުގައި ބަލައި ތިމާހުރިގޮތްނޫން އެހެންގޮތްގޮތަށް އުޅޭމީހުންނަކީ ހައްދުފަހަނައަޅާފައިވާ މީހެކޭ ނުކިޔޭނެއެވެ. ބަލަންޖެހޭނީ رَسُوْل ދެއްކެވި ދާއިރާއިން ބޭރުނުވެހުރީ ކާކުތޯ ނުވަތަ އެދާއިރާއިން ބޭރުވީ ކާކުތޯއެވެ. މުސްލިމުންގެ ނަމޫނާއަކީ މާތް رَسُوْلއާއެވެ. އެކަލޭގެފާނުންގެ އަމުރުފުޅުތަކާއި ޢަމަލުފުޅުތަކެވެ. އެދާއިރާއިން ބޭރުނުވެހުރެ މުސްލިމުއަޅާ ކުރާކަންތަކަށް މަލާމާތް ނުކުރެވޭނެއެވެ.މަލާމާތްކޮށް ފުރައްސާރަ ކުރާނަމައެއީ އެމާތް رَسُوْلއަށް ކުރާ މަލާމާތެކެވެ. މުސްލިމެކޭ ކިޔަސް ދެން އޭރުން ހުރެވޭނީ ދީނުންބޭރުގައެވެ. ކާފަރުވެފައެވެ. ﷲتَعَالى وَحِىކުރެއްވިއެވެ. قُلْ أبِاللهِ وَآيَاتِهِ وَرَسُوْلِهِ كُنْتُمْ تَسْتَهْزِؤُوْنَ لاَتَعْتَذِرُوْا قَدْكَفَرْتُمْ بَعْدَإيْمَانِكُمْ...... މާނައީ: (އޭرَسُوْل الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން މަލާމާތްކޮށް ފުރައްސާރަ ކުރަންވީﷲއަށާއި އެކަލާނގެ އާޔަތްތަކަށާއި އެކަލާނގެ رَسُوْلއަށްހެއްޔެވެ؟. ކަލޭމެން عُذُرُ ދައްކާ ބަހަނާ ނުދައްކާށެވެ. ކަލޭމެން ތިޔަތިބީ އީމާންވުމަށްފަހު ކާފަރުވެގެންނެވެ. މިއެވެ. މިއީ އެއްމެން ދަންނަންޖެހޭ ކަމެކެވެ. ﷲއަށް އެކަލާނގެ އާޔަތްތަކަށް އަދިއެކަލާނގެ رَسُوْلއަށް މަލާމާތްކޮށް ފުރައްރަސާރަ ކޮށްފި ކޮންމެމީހަކު ކާފަރުވާނެއެވެ. ތިމާމެންނަށް ލިބިފައިވާ އަދި ލިބިދާނެކަމަށް ހީކުރާ مَقَامއެއްގެ މޮޅުކަމުން ލިބޭ ފައިސާގެ ގިނަކަމުން އިސްލާމްދީނަށާއި މުސްލިމުންނަށް ހިތަށްއަރާހާ އެއްޗެއް ކިޔާކަށް ނުވާނެއެވެ. އަދި ބޭނުންހާގޮތެއް ހަދާކަށް ނުވާނެއެވެ.
އަދި رَسُوْل الله‘ މިއުއްމަތަށް އަންގަވައިދެއްވި ކަންތައްތަކުގެ ތެރޭގައި ދެރަވަރާއި އެއްމެދެރަވަރާއި އަދި މޮޅުވަރާއި މެދުމިނާއި އަދި މޮޅުގެމޮޅާއި ވެސްއެބަހުއްޓެވެ. އެހެންވީއިރު އެކަލޭގެފާނު އެކަނޑައެޅުއްވި ދާއިރާގައިހުރެގެން އެއްމެމޮޅުވަރަށް ހެޔޮ عَمَل ކުރާމީހާގެ ދަރުމަޔާއި ثَوَابُ އެއަށްވުރެދެރަކޮށް ނުވަތަމެދުމިނަށް ހެޔޮ عَمَل ކުރާމީހަކަށްވުރެ މާބޮޑުވެފައި ގިނަވާނެކަން ޔަގީނެވެ.
رَسُوْل الله‘ حَدِيْث ކުރެއްވިއެވެ. ((الْإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الْأَذَى عَنْ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنْ الْإِيمَانِ)) ]مُسْلِم 51[ މާނައީ އީމާންކަން ހަތްދިހަ އެތައްބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައްބަޔަކަށް ވެއެވެ. އޭގެތެރެއިން އެއްމެ މާތްވެގެންވަނީ لاََ إِلَهَ إِلاَّ اللَّهُ އެވެ. އަދިއޭގެ އެއްމެ ދައްމިނަކީ މަގުމަތީގައިވާ ކުނި އަދިއެނޫންވެސް ހިގާމީހުންނަށް އުދަގޫވާފަދަ ތަކެތި ދުރުކުރުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ. މިއެވެ.
މި حَدِيْثން އޮޅުމެއްނެތި އެގޭގޮތުގައި އީމާން ކަމުގެއެތައް ދަރަޖައެއް އެބަހުއްޓެވެ. އަދި ޢަމަލުތަކުގައިވެސް އެތައް ދަރަޖައެއް ހުންނާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. رَسُوْل الله‘ އެންގެވި ދާއިރާގެތެރޭ ހުރެގެން މެދުމިނަށް ހެޔޮ عَمَلُ ކުރާމީހާއަށްވުރެ އެއްމެ މަތީވަރަށް ހެޔޮ عَمَلُ ކުރާމީހާއަށް ދަރުމަޔާއި ثَوَابُ ގިނަވާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. رَسُوْل الله ‘حَدِيْث ކުރެއްވިއެވެ.فَإنَّ اللهَ لاَيَمِلُّ حَتَّى تَمِلُّوْا މަނައީ: ފަހެ ހަމަކަށަވަރުން ކަލޭމެން ފޫހިވެއްޖައުމަށް ދާންދެން ﷲتَعَالى ފޫހިވެ ވޮޑިގެން ނުވެއެވެ.މިއެވެ. ނަމަވެސް رَسُوْل الله‘ އެންގެވި ދާއިރާއިން ބެރުވެއްޖެނަމަ ދެން މަތިވިޔަސް އަދި ދަށްވިޔަސް ފައިދާއެއް ނުކުރާނެއެވެ.
ސުވަރުގޭގެ نِعْمَةތައް ބަޔާންކުރެއްވި އެއްއާޔަތެއްގައި އެއަންގަވަނީ އެފަދަ نِعْمَةތައް ލިބިގަތުމަށް އެކަކު އަނެކަކާއި ވާދަކޮށް ކުރިއެރުމަށެވެ. އެކަލާނގެ وَحِى ކުރެއްވިއެވެ. فَلْيَتَنَافَسِ الَْمُتَنَافِسُوْن ]المطففين26: [ މާނައީ:ފަހެ ވާދަކުރާމީހުން އެފަދަ ކަންކަމަށް ވާދަކުރާ ހުށިކަމެވެ.މިއެވެ. الله ގެ وَحِى ބަސްފުޅު މިވަނީ ހެޔޮކަމުގައި ވާދަކުރުމަށެވެ. އަދިވެސް އެހެންއާޔަތެއްގައި وَحِى ކުރައްވައެވެ. فَاسْتَبِقُوا الْخَيْرَاتِ) ] البقرة 148[ މާނައީ ފަހެ ކަލޭމެން ހެޔޮ ކަންތަކުގައި ވާދަކުރާށެވެ. ކުރިއަރައި ދާށެވެ. މިއެވެ. މިހެންމިކަން ހުރިއިރު މެދުމިނަށް ހެޔޮعَمَلُ ކުރުމަކުން އެއީ އެއްމެ ރަގަނޅުގޮތްކަމުގައި ނުބެލެވޭނެއެވެ.
ދެން އަދި މިއާޔަތުގެ سِيَاقން ދަލީލު ކުރާގޮތުން މިأُمَّة عَدْلވެރި أُمَّة އެއް ކަމުގައި ނުވަތަ خِيَارُ ކުރެވިގެންވާ أُمَّةއެއް ކަމުގައި ނުވަތަ خِيَارُ ކުރެވިގެންވާ عَدْلވެރި أُمَّةއެއް ކަމުގައި ލެއްވި ސަބަބު ވަރަށް ސާފުކޮށް وَحِى ބަސްފުޅުން އެބަ ބަޔާން ކޮށްދެއްވައެވެ. އެކަލާނގެ وَحِى ކުރައްވަނީ وَكَذَلِكَ جَعَلْنَاكُمْ أُمَّةًوَسَطاً މާނައީ: عَدْل ވެރި أُمَّةއެއް ކަމުގައި ކަލޭމެން ލެއްވީ އެފަދައިންނެވެ. لِتَكُونُوا شُهَدَاءَ عَلَى النَّاسِ މާނައީ: އެއީ މީސްތަކުންގެ މައްޗަށް ހެކިދޭނޭ ބަޔަކުކަމުގައި ކަލޭމެން ވުމަށްޓަކައެވެ. وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدا އެބަހީ އަދި ކަލޭމެންގެމައްޗަށް ހެކިދެއްވާނޭ ބޭކަލަކުކަމުގައި ރަސޫލާ ވުމަށްޓަކައެވެ. މިއެވެ.
ވީމާ لِتَكُونُوا شُهَدَاءَ عَلَى النَّاسِ މިޢިބާރަތުން ނުހަނުސާފުކޮށް މިވަނީ މިއުންމަތް خِيَارُ ކުރެވިގެންވާ عَدْل ވެރި أُمَّة އެއް ކަމުގައި ލެއްވި ސަބަބު ވަރަށް ސާފުކޮށް ފެންނާށެވެ. އެއީ މީސްތަކުންގެ މައްޗަށް ހެކިދޭނޭ أُمَّة އެއް ކަމުގައި ވުމަށްޓަކައެވެ. މިއެވެ.
تَفْسِيْرُ ފޮތްތަކާއި حَدِيْث ފޮތްތަކުގައި ބަޔާން ވެގެންވާގޮތުގައި އެއީ قِيَامَة ދުވަހުން ހިގާނޭކަމެކެވެ. އެއްމެހައި أُمَّة ތަކާއި އެ أُمَّةތަކަށް ފޮނުއްވި رَسُوْل އާއިމެދު ﷲتَعَالى ސުވާލު ކުރަށްވާނެއެވެ. أُمَّة ގެމީހުންނާއި ﷲ ސުވާލު ކުރައްވާނެ ކަމުގައިވެއެވެ. ކަލޭމެންގެ ގާތަށްފޮނުއްވި رَسُوْلއާ ކަލޭމެންނަށް رَسُوْلކަން އިއްވަވައި ދެއްވިހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަޅަމެންގެ ގާތަށް އެއްވެސް نَذِيْر އަކުނާދެއެވެ. ބިރުވެރިކަމުގެ ޚަބަރުދެއްވާނޭ އެއްވެސް މީހަކުނާދެއެވެ. އެމީހުން ދޮގު ދަންނަވާނެއެވެ. ދެންއެرَسُوْل ބޭކަލަކާ ﷲ ސުވާލު ކުރައްވާނެއެވެ. ތިޔަކަމަށް ހެކިދޭނީ ކާކުހެއްޔެވެ؟ އެބޭކަލަކު ދަންނަވާނެއެވެ. އެއީ مُحَمَّدُ އާއި އެކަލޭގެފާނުންގެ أُمَّة ގެމީހުންނެވެ. ދެންﷲتَعَالى މިއުއްމަތުގެ މީހުންގެންނަވައި އެކަމާއި މެދުސުވާލު ކުރައްވާނެއެވެ. މި أُمَّة ގެމީހުން ދަންނަވާނީ އެމީހުން ދޮގުހަދާކަމުގައެވެ. އަދި އެرَسُوْل އެވިދާޅުވަނީ ތެދުފުޅުކަމުގައެވެ. އަދިއެކަލޭގެފާނު رَسُوْل ކަން އިއްވަވައި ދެއްވިކަމުގައި މި أُمَّة ގެމީހުން ހެކިދޭނެއެވެ. ދެން އަލުންވެސް އެދޮގުހެދިމީހުން إنْكَارُ ކޮށްފައިއެމީހުން ބުނާނެއެވެ.ކަލޭމެން މާފަހުންއައި ބަޔަކަށްއެކަން އެގުނީ ކިހިނަކުން ހެއްޔެވެ؟ ދެން މިأُمَّة ގެމީހުން ދަންނަވާނެއެވެ. އަހުރެމެންގެ رَسُوْل އިތުރުފުޅު ނުހައްދަވާނެއެވެ. އެކަލޭގެފާނަށް ބާވައިލެއްވި ފޮތުގައި އެހުރިހާވާހަކައެއް ނުހަނުސާފުކޮށް އެބަހުއްޓެވެ. لِتَكُونُوا شُهَدَاءَ عَلَى النَّاسِ ގެމުރާދަކީ މިއީއެވެ. އެވަގުތު މިأُمَّةގެ މާތްرَسُوْلއާ ވިދާޅުވާނެއެވެ. އެމީހުން އެބުނީތެދެކެވެ. وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدا މިعِبَارةން މުރާދުކުރެވެނީ އެވާހަކައެވެ.
ކޮންމެއަކަސް މިވާހަކަތައް ތަފާތު عِبَارةން ތަފްސީރު ފޮތްތަކުގައި ބަޔާން ވެގެން ވެއެވެ. އޭގެތެރޭގައި أبُوْ جَعْفَرُ الطَّبَرِىގެ جَامِعُ الْبَيَانُއާއި ابْن كَثِيْرގެ تَفْسِيْرُއާއި އަދި قُرْطُبِى تَفْسِيْرُއާއި އަދި އެހެނިހެން ފޮތްފޮތްވެސް ވެއެވެ. މިއީ ނުހަނު وَاضِحُ ކޮށް ހާމަކޮށް އޮތް ކަމެކެވެ. އަދި أبُوْ جَعْفَرُ الطَّبَرِىގެ تَفْسِيْرُ ގައިވާ އެއް ރިވާޔަތް ދަންނަވާލާނަމެވެ. ((عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُدْعَى نُوحٌ يَوْمَ الْقِيَامَةِ فَيَقُولُ لَبَّيْكَ وَسَعْدَيْكَ يَا رَبِّ فَيَقُولُ هَلْ بَلَّغْتَ فَيَقُولُ نَعَمْ فَيُقَالُ لِأُمَّتِهِ هَلْ بَلَّغَكُمْ فَيَقُولُونَ مَا أَتَانَا مِنْ نَذِيرٍ فَيَقُولُ مَنْ يَشْهَدُ لَكَ فَيَقُولُ مُحَمَّدٌ وَأُمَّتُهُ فَيَشْهَدُونَ أَنَّهُ قَدْ بَلَّغَ -وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا- فَذَلِكَ قَوْلُهُ جَلَّ ذِكْرُهُ -وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا- وَالْوَسَطُ الْعَدْلُ)) (بُخَارِى4487) މާނައީ: أَبُوسَعِيدٍ الْخُدْرِيِّ رَضِيَ الله عَنْهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެ ފާނު ވިދާޅުވިއެވެ. رَسُولُ الله ‘حَدِيث ކުރެއްވިއެވެ. قِيَامَةِ ދުވަހުން نُوح علَيْهِ السَّلامއައް ގޮވޭނެއެވެ. ފަހެ އެކަލޭގެފާނު ދަންނަވާނެއެވެ. އޭއަޅުގެ ރައްބެވެ. އިބަރަސްކަލާނގެއަށް ފަށްފަށުން އިޖާބަދެމެވެ. އަދި ފަށްފަށުން ބާއްޖަވެރިކަން ހުއްޓެވެ. ދެން އެކަލާނގެ އެކަލޭގެފާނާއި ސުވާލު ކުރައްވާނެއެވެ. ކަލޭގެފާނު ކަލޭގެފާނުންގެ ރަސޫލުކަން އިއްވެވީމުތޯއެވެ؟ ފަހެ އެކަލޭގެފާނު ދަންނަވާނެއެވެ. އާދޭހެވެ! ދެން އެކަލޭގެފާނު އުއްމަތައް ބުނެވޭނެއެވެ. ކަލޭމެންނަށް އެކަލޭގެފާނު އިއްވެވިހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަޅަމެންގެ ގާތައް އެއްވެސް نَذِيْرَއަކު ނާދެއެވެ. (އިއްވަވާނޭ ބޭކަލަކު ނާދެއެވެ.) އެކަލާނގެ (އެކަލޭގެފާނަށް وَحِى ކުރައްވާނެއެވެ.) ކަލޭގެފާނަށް އެކަންތަކައް ހެކިދޭނީ ކާކުހެއްޔެވެ؟ އެކަލޭގެފާނު ދަންނަވާނެއެވެ. مُحَمَّدُއާއި އެކަލޭގެފާނުންގެ އުއްމަތެވެ. ދެންފަހެ (މިއުއްމަތުގެ މީހުން ގެންނަވައި އެކަމާ ސުވާލު ކުރައްވާނެއެވެ.) ދެން މިއުއްމަތުގެ މީހުން އެކަލޭގެފާނު ރަސޫލުކަން އިއްވެވިކަމައް ހެކިދޭނެއެވެ. އަދި އެމީހުންއެބުނީ ތެދެއްކަމަށް މިއުއްމަތުގެ ރަސޫލާ މިމީހުންގެ މައްޗަށް ހެކިދޭނެއެވެ. }وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا{ ﷲ تَعَالَىގެ މިބަސްފުޅުގެ މުރާދަކީ އެއީއެވެ.-الْوَسَطُ މިކަލިމައިގެ މާނައަކީ عَدْلُ އެވެ. މިއެވެ. ބައެއް تَفْسِيْرُ ގައި ވާގޮތުން މިއުއްމަތުގެ މީހުން ހެކިދިނީމާ އެއީ ތެދެއްކަމުގައި ﷲ تَعَالَىވެސް وَحِى ކުރައްވާނެއެވެ.
ތެދުފުޅެކެވެ. ތިލަފަތުގެ ދެކޮޅުހަމަހަވެ ކަށި މެދަށްހުއްޓުނީމާ عَرَب ބަހުން عَدْلُ ކިޔައި ފާނެއެވެ. އޭރުން އެވީގޮތަކީ ކިރާއެތި ބަރާބަރުވެ ފުރިހަމަވީއެވެ. ހުންނަންވީ އެންމެ ރަނގަޅަށް ހުރީއެވެ. ވާންވީ އެންމެ މަތީވަރަށް ސީދާވީއެވެ. މިހެންވީއިރު ދީނީ އަޅުކަމުގައިވެސް رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދެއްކެވި ދާއިރާގެ ތެރޭގައި ހުރެގެން ކުރަންވީ އެންމެމަތީފެންވަރަށް އަޅުކަން ކުރެވުނީމާ އެހުރީ އެންމެ ރަނގަޅުވެފައެވެ. މެދުމިނަށްވުރެ އެންމެ ރަނގަޅުވަރު މޮޅުވެފައި ޘަވާބާއި ދަރުމަ ގިނަވާނެއެވެ.
މެދުމިން އުއްމަތެއްކަމުގައި ބެލެވޭގޮތް
ތިޔަވިދާޅުވާން އުޅުއްވާ މެދުމިން أُمَّةގެ މާނަ ވާގޮތަކީ މި أُمَّة ފޮނުއްވިسُبْحَانَه وَتَعَالَى ހަމަޖައްސަވާފައިވާ ގޮތަށް މެދުމިން أُمَّة އެވެ. އެއީ نَصَارَى އިން رُهبَانِيّة އެމީހުން އަމިއްލައަށް އުފައްދައި އަޅުކަން ކުރަންއުޅުމުގައި އެންގެވިވަރަށްވުރެ މައްޗަށް ދާންއުޅެފައިވެއެވެ. ނުވަތަ عِيْسَى عَلَيْهِ السَّلاَم އާއިމެދު އެމީހުން އެކިޔާގޮތަށް ﷲގެދަރިކަލުންނޭ ނުވަތަ ثَالِثُ ثَلَاثَة އެވެ. މިފަދަ ގޮތްގޮތަށް ނުކިޔައި މިأُمَّة ވަނީ عِيْسَى عَلَيْهِ السَّلاَم އަކީ ﷲގެ އަޅާކަމަށާއި އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލަކު ކަމުގައި قَبُولކޮށްއެގޮތަށް އީމާންވެގެންނެވެ. އަދި މިأُمَّة މިވަނީ يَهُوْدِيْن ފަދައަކުންވެސް ނޫނެވެ. ފަހެއެ يَهُوْدِيْن ﷲގެފޮތް ބަދަލުކޮށް نَبِى ބޭކަލުން قَتْلކޮށް އެމީހުންގެرَبُّ އަށް ދޮގުހަދައި އެކަލާނގެއަށް ކާފަރުވެގެންނެވެ. އެޔާއި خِلاَفއަށް މިއުއްމަތް މިވަނީ އިސްވެދިޔަ ދެއުއްމަތް ފަދައިން إفْرَاطُ އާއި تَفْرِيْطންމުޅިން ދުރުވެ އެދެމެދުގައެވެ. އެއީ ﷲ ހަމަޖައްސަވައި ދެއްވި މެދުމިނެވެ. އެމެދުމިނުގެތެރެއި ދެން އަޅުގަޑުމެންނަށް އިތުރުމެދުމިނެއް ނުހެދޭނެއެވެ. މިމާނައަށް އިޝާރާތްކުރާ ވާހަކަ ބައެއް تَفْسِيْر ގައިއެބަހުއްޓެވެ. އެއީ ﷲއާއި އެކަލާނގެ رَسُولُއާ ހަމަޖައްސަވައި ދެއްވި މެދުމިނެވެ. ދެންއޭގެފަހުން އެހެން މެދުމިނެއް އަޅުގަޑުމެންނަކަށް ނުހެދޭނެއެވެ. އަދި މިއުއްމަތަކީ އެއްމެ ފަސޭހަވެސް އުއްމަތެވެ.އެއީވެސް ﷲއާއި އެކަލާނގެ رَسُولُއާ ކުރެއްވި ފަސޭހައެވެ. އޭގެއިތުރު ފަސޭހައެއް އަޅުގަޑުމެން އަމިއްލައަށް ކުރާކަށް ނުވާނެއެވެ. އެހެންހަދަން ވެއްޖެއްޔާ ދެން رَسُولُ އަކުފޮނުއްވައި ފޮތްބާވައި ލެއްވުމުގެ މާނައެއް ނެތެވެ. އަދި އެގޮތަށް އަމިއްލަ އަމިއްލައަށް شَرِيْعَة އާއި ކުޅުމަކީ ﷲގެ ކޯފާއާއި އެކަލާނގެعَذَابُ حَقُّ ވާނެކަމެކެވެ.
ވީމާ رَسُولُ اللَّه صَلَّى اللَّهُ عَلَيْهِ وَسَلَّمَ މިއުއްމަތަށް ދައްކަވައި ބަޔާން ކޮއްދެއްވާފައިވާ ދާއިރާއިން ބޭރުނުވެ ހުރެ ކިތައްމެ މައްޗަށް މީހަކު އަޅުކަން ކުރިޔަސް އޭނާއަކީ ހައްދު ފަހަނަޅާފައިވާ މީހެކޭ ނުކިޔޭނެއެވެ. އަދި އިސްލާމް ދީނުގެ ކޮންމެ ކަމެއްވެސް ތުނބުޅިއަކަސް މަތިމަހަކަސް އަދި ފޭރާންލުމަކަސް އަދި ކައިބޮއި ހެއްޖަކަސް އަދިއެހެންވެސް ކަންކަމުގައި ބަލަންޖެހޭނީ މާތް رَسُولُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اللَّهގެ އަރިހުން އެކަމެއް ސާބިތުވޭތޯއެވެ. އަދިސާބިތުވާ ފެންވަރެކެވެ. އެކަންކަން އެގޭނީ އެمَعْلُومَاتُތައް ކިޔަވާ ދަސްކޮށްގެންނެވެ.صَحَّح حَدِيْث ގައިވާފަދައަކުން އެބާވަތުގެ ކަންކަން މީހަކު ކުރިޔަސް އެއީ ހައްދުފަހަޅާފައިވާ ހަރުކަށި މީހެއްނޫނެވެ. އެހެންކަމަށްވަންޏާ މިއުއްމަތުގައި އެއްމެފުރަތަމަވެސް ހައްދު ފަހަނެޅި މީހުންނަކީ أصْحَابُ ބޭކަލުންނެވެ. (وَالعِيَاذُ بالله) އެފަދައެއްޗެއް މުސްލިމަކު ހީކޮށްފިނަމަ އެމީހަކު ދީނުންބޭރޫ ވާނެއެވެ. އެގޮތަކީ رَسُولُ اللَّه صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފިޔަވައި އަޅުކަމުގައި އެއްމެ ހީވާގި ބަޔަކީއެއީއެވެ. މިހެނީ އެބޭކަލުންގެ ތާރީފުގައި عِلمވެރިން ސިފަ ކުރައްވާފައިވަނީ فُرْسَانٌ بِالنَّهَارِ رُهُبَانٌ بِِاللَّيْلِމިފަދައިންނެވެ. އޭގެ މާނައީ: އެބޭކަލުންނީ ދުވާލުގައި ހަނގުރާމަ މަތީއަސްވާރުންނެވެ. ރޭގަނޑުގައި رَاهِبُ ންނެވެ. އެބަހީ އަޅުވެރިންނެވެ. މިއެވެ. އެބޭކަލުންގެ ސީރަތަށް ބެއްލެވީމާ އެގޮތް އެގޭނެއެވެ.
ހައްދުފަހަނެޅިމީހުންނަށް ބައްލަވާށެވެ؟
މިއުއްމަތު ގައިحَدُّ ފަހަނެޅިމީހުންނަކީ اﷲއެކަލާނގެ ފޮތުގައި ކަނޑައަޅުއްވާ އެކަންކަން قَائِم ކުރުމަށް އަންގަވާފައިވާ حَدُّތައް އެحَدُّ ތައް قَائِم ކުރުމުގެمَسْؤلُ ވެރިކަންحَوَال ވުމަށްފަހު އެحَدُّ ތައް قَائِم ނުކުރި އެކަމުގެ مَسْؤلُ ވެރިންނެވެ. އެއީހައްދު ފަހަނެޅި މީހުންނެވެ. އެحَدُّ ތަކުގެތެރޭގައި:-
(1) މަރަށް މަރުހިފުން (2) ވައްކަން ކުރިމީހާ އަތްކެޑުން (3) ޒިނޭކުރިމީހަ ތަޅާފައި އަރުވައިލުން ނުވަތަ ރަޖަމުކުރުން. (4) ބަނގުރާބުއިމީހާ جَلْدُ ކުރުން. (5) މަގުފޭރޭމީހުންގެ حَدُّ އަދި މިނޫންވެސް އިސްލާމް ދީނުގައި حَدُّ އެއްކަމުގައި ކަނޑައެޅިފައިވާ حَدُّ ތައް ހިމެނެއެވެ. އަދި ހަމަމިފަދައިން ﷲބާވަލެއްވި ގޮތަށް حُكُم ނުކުރާ ކޮންމެމީހަކީ ކަޑަނއެޅިގެން حَدُّ ފަހަނަޅައިފި ނުބައި މީހެކެވެ.
* ދަންނައެވެ. މިحَدُّ ތައް قَائِمކޮށް تَنْفِيْذُ ކުރުމަކީ ހަމަސީދާ ރައީސް ނުވަތަ އެمَقَام ގައިވާ މީހެއްގެ ކަމެކެވެ.ދެން އޭނާ އިސްކޮށްފައިތިބި މީހުންނާއި ދެންވެސް އެކަމުގެ مَسْؤلُ ވެރިންނެވެ. ފަހެ މިފަދަ حَدُّ ތައް قَائِمކުރަންޖެހިފައި އެحَدُّތައް قَائِمނުކޮށް ތިބިމީހުނަށް ހައްދުފަހަނެޅި މީހުންނޭ ކިޔަނުދޭންވެގެން ދީނީގޮތުން މަތީވަނައެއްގައި އުޅޭބަޔަކަށް ހައްދުފަހަނެޅި މީހުންނޭ ކިޔައި އަޑުއެރުވުމަކީ ދެބޯގެރި ހެދުމެވެ. އެއީ ރަސްގެފާނު ދެއަނތްބަށްމީހަކާ އިންއިރު ފަށްކަޑަން އިދެވުނުމީހަކު ކަމުގައި ވެގެން ރަށުތެރޭ އެ އަޑު ގަދަވެގެން އެކަން އޮއްބަން ދެބޯ ގެރިހެދި ވާހަކައެވެ.
* އަޅުގަނޑުގެ މިވާހަކަކޮޅުގެ މުޅިخُلاَصَة އަކީ މިއުއްމަތް ގެންނެވިފަރާތުން މިއުއްމަތް މެދުމިންކުރެއްވި ވަރަށްވުރެބޮޑަށް ދެންއެހެންމީހަކު މިއުއްމަތް މެދުމިން ނުކުރައްވާށެވެ. އެހެން ހަދަންވެއްޖެނަމަ މާތް رَسُولُ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް ދޮގެއް ހެދިދާނެއެވެ. އެހެން ނުހައްދަވައި އިސްލާމް ދީން ރަގަޅަށް ދަސްފުޅުކުރައްވައި إخْلاَص ތެރިކަމާއިއެކު ދީނަށްއުޅުއްވާށެވެ. އޮޅުވައިނުލައްވާށެވެ.
عِلمُ ވެރިކަމަށް ނިސްބަތް ވެގެންވާ އެކަމުގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ ވާޖިބު އަދާކުރައްވާށެވެ. ކުޑަ އަގަކަށް ﷲގެދީން ނުވިއްކާށެވެ. އެކަލާނގެوَحِى ބަސްފުޅު ހަނދާން ކުރައްވާށެވެ. }إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَى مِنْ بَعْدِ مَا بَيَّنَّاه ُُ لِلنَّاسِ فِي الْكِتَابِ أُوْلَائِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللاَّعِنُونَ { البقرة :[ 159]
މާނައީ: ހަމަކަށަވަރުން ބަޔާންވެގެންވާ ދަލީލުތަކާއި ތެދުމަގުގެ ތެރެއިން ތިމަން ރަސްކަލާނގެ އެތަކެތި ފޮތުގައި މީސްތަކުންނަށް ބަޔާންކޮށް ދެއްވުމަށްފަހު އެތަކެތި ވަންހަނާކުރާމީހުން ދަންނައެވެ. ކަނޑައެޅިގެން ﷲ އެމީހުންނަށް لَعْنَة ލެއްވި އެވެ. އަދި لَعْنَة ދޭމީހުންވެސް އެމީހުންނަށް لَعْنَة ލެއްވިއެވެ. (لَعْنَة ދޭމީހުންނަކީ މަލާއިކަތްބޭކަލުންނާއި މުއުމިނުން ކަމުގައި ވެއެވެ.) މިއެވެ. އަދިވެސް އެހެން އާޔަތެއްގައި وَحِى ކުރައްވައެވެ. إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلَ اللَّهُ مِنَ الْكِتَابِ وَيَشْتَرُونَ بِه ِِ ثَمَنا ً قَلِيلاً أُوْلَئِكَ مَا يَأْكُلُونَ فِي بُطُونِهِمْ إِلاَّ النَّارَ وَلاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيم ٌ } 174 { أُوْلَئِكَ الَّذِينَ اشْتَرَوْا الضَّلاَلَةَ بِالْهُدَى وَالْعَذَابَ بِالْمَغْفِرَةِ فَمَا أَصْبَرَهُمْ عَلَى النَّارِ } 175 { [البقرة ] މާނައީ: ހަމަކަށަވަރުން ﷲ ފޮތުގައި ބާވައި ލެއްވި ތަކެތި ވަންހަނާ ކުރާމީހުން އަދި އެމީހުން އެތަކެތި ކުޑައަގަކަށް ވިއްކައި (އެބަހީ ދުންޔަވީ ކުޑައެއްޗަކަށް އެحُكُم ތައް ބަދަލުކޮށް) ހަދާމީހުން ދަންނައެވެ. އެމީހުން އެމީހުންގެ ބަނޑުތަކަށް އަލިފާން މެނުވީ ކާކަމުގައި ނުވެއެވެ. (އެބަހީ އެކަމުގެސަބަބުން އެމީހުންނަށް އަލިފާނުގެ ގަދަعَذَابُ ހުންނަ ހުންނަހުއްޓެވެ.) އަދި قِيَامَة ދުވަހުން ﷲتَعَالى އެމީހުންނަށް رَحْمَةގެ ބަސްފުޅު وَحِى ނުކުރައްވާ ހުއްޓެވެ. އަދި އެމީހުންގެ ފާފައިން އެކަލާނގެ އެމީހުން طَاهِرُ ނުކުރައްވާ ހުއްޓެވެ. އަދި އެމީހުންނަށް ހުރީ ހަމަވޭންދެނިވި عَذَابُ އެވެ. އެމީހުންނަކީ ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ހޯދިބައެކެވެ. އަދި އެއީ ފާފަފުއްސެވުމުގެ ބަދަލުގައި عَذَابُ ހޯދިބައެކެވެ. ފަހެ އެމީހުން ނަރަކައިގެ މައްޗަށް ހުރި ކެތްތެރި ކަމެއްގެ ބޮޑުކަމާއިއެވެ!!! މިއެވެ.
މިދެއާޔަތާއި އަދިމީގެ ކުރީގައިވާއާޔަތުގެ މުނާސަބަތު يَهُودِى ންނާއި نَصَارَى އިންނާއި ގުޅުން ހުއްޓަސް އެއްމެންގެ މައްޗަށް حُكُم عَامُّ ވެގެން ވެއެވެ. ﷲގެ ދީނުގެ އެއްވެސްކަމެއް ތިމާއަށް ބަޔާންވެ އެގުމަށްފަހު އެއިން ކަމެއް ވަންހަނާކުރުން އަދި އެއިންކަމެއް އޮޅުވާލާ އޮތްގޮތްނޫން އެހެންގޮތަކަށް ބަޔާންކުރުން ހެޔޮނުވާނެއެވެ. އެއީ آخِرَةގެ عَذَابُ އަށް ތިމާ ވަދެގަތުމެވެ. އަދި އެއިން ކަމަކާއިމެދު ތިމާއާއި ސުވާލު ކުރެވިއްޖެއްޔާއި އަދި އޭގެޖަވާބު ތިމާއަށް އެގޭނަމަ އޭގެޖަވާބު ރަގަޅަށް ދިނުމީ ކަނޑައެޅިގެން ވާޖިބެކެވެ. އަދި ތިމާއަށް އެގިހުރެ ޖަވާބު ނުދީފިނަމަ ﷲއޭނާއަށް ގަދަ عَذَابُ ދެއްވާނެއެވެ.އަދި ނޭގިހުރެ ތިމާއަށް ފެންނަހާ އެއްޗެއް ކިޔާކަށް ނުވާނެއެވެ. رَسُولُ اللَّه صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدِيْث ކުރެއްވިއެވެ. ((مَنْ سُئِلَ عَنْ عِلْمٍ عَلِمَهُ ثُمَّ كَتَمَهُ أُلْجِمَ يَوْمَ الْقِيَامَةِ بِلِجَامٍ مِنْ نَارٍ )) لفظ الترمذى މާނައީ: ތިމާއަށް އެގިހުރި عِلْم އަކުން ސުވާލު ކުރެވުމަށްފަހު އެކަންވަންހަނާ ކޮށްފިއްޔާ قِيَامَة ދުވަހުން އަލިފާނުގެ ލަގަނަކުން އޭނާގައި ލަގަން އެޅުވޭނެއެވެ. އެބަހީ ކިޔަމަން ކުރުވުމަށާއަ ފަރާތް ފަރާތަށް އެބުރުވުމަށް ފަސޭހަވާނޭގޮތުން އަހާއި ދެންވެސް ޖަނަވާރުގެ އަގައިގާ ކައިދާ އެޅުވި ބަދެވޭގޮތަށް އަލިފާނުގެ ވާގަޑަކުން އޭނާގެ އަނގަ ބަދެވޭނެއެވެ. މިއެވެ.
އިސްލާމްދީން ތިމާއަށް އެގިހުރެ މީސްތަކުންނަށް އޮޅުވައިލުމަށް ގަސްތުކޮއްގެން އޮޅުވައިލައިފި މީހަކީ ދައްޖާލު ފަދަ މީހެކެވެ. އެފަދަމީހުންނާއި މެދު رَسُولُ اللَّه صَلَّى اللَّهُ عَلَيْهِ وَسَلَّمَ އުއްމަތަށް ބިރުގަންނަވައެވެ. އެކަލޭގެފާނު حَدِيْث ކުރެއްވިއެވެ. (وَإنَّمَا أخَافُ عَلَى أُمَّتِى الأَئِمَّة المُضِلِّيْنَ ) ]رَوَاهُ لبَزَّار فِى صَحِيْحِه كِتَابُ التَّوْحِيْدُ ގެ شَرَحَ فَتُحُ الْمَجِيْدُ އިން[ މިއީ ދިގު حَدِيْث އެއްގެ ތަންކޮޅެކެވެ. މިތަންކޮޅުގެ މާނައީ ތިމަންކަލޭގެފާނު އުއްމަތަށްޓަކައި އެއްމެ ބިރުފުޅުގެން ވަޑައިގަންނަވަނީ މަގުފުރައްދާ عَالِمُ ންނާއިމެދުގައެވެ. މިއެވެ.
اسْلاَم دِيْنُގެ އެއްވެސްކަމެއް މީސްތަކުންނަށް އޮޅުވަވައިލި ކޮންމެމީހަކާއި އަދި ނޭގިހުރެގެން ދީނުގެ މައްސަލަތައް ކިޔައިދޭކޮންމެމީހަކު މިބިރުވެރި وَعِيْدُ ގެތެރެއަށް ވަންނާނެއެވެ.
وَصَلَّى الله وَسَلَّم عَلَى مُحَمَّدٍ وَآلِه وَصَحْبِهِ أجْمَعِيْن